ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިރޭ ކްރޮއެޝިއާއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، ބެލްޖިއަމް ކެޓިއިރު، ކެނެޑާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކޮށްފިއެވެ.
ބެލްޖިއަމް އާއި ކްރޮއޭޝިއާ މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ކެނެޑާއާއި ދެކޮޅަށް ކުޅުނު މެޗުން މޮރޮކޯ މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.
ގުރޫޕް އީއިން މޮރޮކޯ އަދި ކްރޮއޭޝިއާ ދެވަނަބުރަށް ދިޔައިރު، މޮރޮކޯ ދެވަބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކްރޮއޭޝިއާ ދެވަބުރަށް ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުން ކްރޮއޭޝިއާ އަތުން ބަލިވެގެން ކެޓި ބެލްޖިއަމަށް ލިބުނީ ތިން ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނައެވެ. އަދި ކެނެޑާ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގުރުޕުގެ ފުލުގައެވެ.
މިރޭ ބެލްޖިއަމް އާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ބެލްޖިއަމްއަށެވެ. ބެލްޖިއަމްގެ ލުކާކޫ އަށާއި މާޓެން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. ނަތީޖާއަކަށް ވީ ބެލްޖިއަމް މެޗު އެއްވަރުވެ މުބާރާތުން ވަކިވާން ޖެހުމެވެ.
މޮރޮކޯ އިން ކެނެޑާއާ ދެކޮޅަށް މޮޅަށް ކުޅުމެއް ދެއްކިއިރު، މޮރޮކޯއިން ލަނޑު ޖަހާ ލިޑު ނެގި މެޗު ފަށައިގެން އެންމެ 4 މިނިޓުގައި ހަކީމް ޒިޔެކް ޖެހި ލަނޑުންނެވެ. މޮރޮކޯއިން ލީޑު ފުޅާކުރީ 23 ވަނަ މިނިޓުގައި ނަސޭރީ ޖެހި ލަނޑުންނެވެ. ކެނެޑާއިލް މި މެޗުގައި ޖެހި ހަމަ އެކަނި ލަނޑަކީ ފުރަތަމަ ހާފުގެ ފަހުކޮޅު މޮރޮކޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.