އުމަރުގެ ރައްދު: ކޮންމެ މީހަކަށްވެސް އެމީހެއްގެ ޚިޔާލް ފާޅުކުރެވޭނެ

ސްޕްރީމްކޯޓުން ބުރާސްފަތިދުވަހުގެ ރޭ ކުރައްވައިފައިވާ އަމުރު ތަންފީޒު ކުރެއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރަންޖެހޭނެ ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުން އެކަން ހޫނުވެގެންދިޔައެވެ.

އުމަރު އެހެން ވިދާޅުވުމުން ޖުމްހޫރީޕާޓީގެ ލީޑަރާއި ނާއިބު ލީޑަރުވެސްވަނީ ޖުމްހޫރީ ޕާޓީގައި ހުންނަވާއިރު އެޕާޓީގެ ހަމަތައް ހިފެހެއްޓުމަށް އުމަރަށް ދަންނަވައިފައެވެ. ޖުމްހޫރީޕާޓީ (ޖޭޕީ) އަކީ ކޯލިޝަންގެ އިސްކޮށް ހަރަކާތްތެރިވާ ޕާޓީއެކެވެ. އެ ޕާޓީން ގެންދަވަނީ އެމްޑީޕީއާވެސް ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ.

އުމަރުގެ އެގޮތަށް ވިދާޅުވުމުން އައްޑޫސިޓީ ހިތަދޫ ދެކުނުދާއިރާގެ މެންބަރު އަލީ ނިޒާރުވެސްވަނީ އުމަރަށް ފާޑުވިދާޅުވެފައެވެ. ނިޒާރުވަނީ ސިޔާސީ ދާއިރާގައި އުޅުއްވަން އުމަރު ބޭނުންފުޅު ކަމަށްވާނަމަ ރައީސް ނަޝީދާ ނުބެހުމަށް އިންޒާރު ކުރައްވައިފައެވެ.

މިކަމާ ބެހޭގޮތުން އުމަރު ވިދާޅުވީ އެގޮތަށް ދައްކާހާ ވާހަކައަކަށް ސަމާލުކަން ދެއްވަން ބޭނުންފުޅު ނުވާކަމަށެވެ. "ކޮންމެ ބޭފުޅަކަށްވެސް އެ މީހެއްގެ ޚިޔާލް ފާޅުކުރެވޭނެ،" އުމަރު ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.