ހދ. ފިނޭ އާއި މ. މުލީގެ ބަނދަރު މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ47.2 މިލިއަން ރުފިޔާ އަށް، 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 219 މީޓަރ ބްރޭކްވޯޓަރ ޖެހުން، 82 މީޓަރ ރިވެޓްމެންޓް ޖެހުން، 25 މީޓަރ ގްރޮއިން ޖެހުން، އެއްގަމު ތޮށި ޖެހުން، 248 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، 90 އަކަ މީޓަރ ރޭންޕެއް ހެދުން، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 19 މަގު ބައްތި ހަރުކުރުން އަދި 2198 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މ. މުލި ބަނދަރުގެ ރީކޮންސްޓްރަކްޝަން މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 65.5 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 213 މީޓަރ ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުން، 89 މީޓަރ ރިވެޓްމެންޓް ޖެހުން، 479 މީޓަރ އެއްގަމު ތޮށި ޖެހުން، 467 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، 100 އަކަ މީޓަރ ރޭންޕެއް ހެދުން، އެކްސެސް ޕްލެޓްފޯމް އެޅުން، 3 މީޓަރ ކޮންކްރީޓް ބްރިޖެއް ހެދުން، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 27 މަގު ބައްތި ހަރުކުރުން އަދި 2370 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.