
މަސްވެރިކަމަށް ނުކުމެ އުޅުނު "ހަނދުވަރީ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 43 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ހއ.އިހަވަންދޫގެ އިރުން 18 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 11:14 ހާއިރު އެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
އެގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި އަނިޔާ ލިބުނު މީހާ ވަނީ މިއަދު 13:31 ހާއިރު ހދ.ކުޅުދުއްފުއްޓަށް ގެންގޮސްދީފަ އެވެ.