މުޖުތަމަޢުގެ ކޮންމެކަމެއްގައި ހަމަހަމަކަމާއެކު ކުޑަކުދިން ޝާމިލްކުރޭތޯ ކަށަވަރުކުރަން ޖެހޭ: ރައީސް

މުޖުތަމަޢުގެ ކޮންމެކަމެއްގައި ހަމަހަމަކަމާއެކު ކުޑަކުދިން ޝާމިލްކުރޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައި ވިދާޅުވީ ކުޑަކުދިންނަށް ލިބޭ އަނިޔާތަކާއި، ގެއްލުންތަކުން އެއްކިބާވެފައިވާ ބައެއްކަން މުޖުތަމަޢު ކަށަވަރުކުރުމާއި، އެކުދިންގެ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ބައެއްކަން ޔަޤީންކުރަންޖެހޭކަމަށެވެ.

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

މިއަހަރު އދ.ކަނޑައަޅާފައިވާ ޝިއާރަކީ "އިންކުލޫޝަން، ފޯރ އެވްރީ ޗައިލްޑް" އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.