
މިއަހަރުގެ "ޑަބްލިއުޓީއެމް ލަންޑަން" ފެއަރ ގައި ރާއްޖޭގެ 80 ކުންފުންޏެއް ބައިވެރިވާން ނިންމައިފި އެވެ.
ކޮންމެ އަހަރަކު ވެސް ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އަކީ ދުނިޔޭގެ އެކި ގައުމުގެ ޓޫރިޒަމް އިޝްތިހާރުކޮށް ކުރިއެރުވުމަށް ކޮންމެ އަހަރަކު ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ފެއާރ އެކެވެ.
މި ފެއާރ ގައި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއް ހިމެނޭހެން ބޮޑު ވަފުދަކާއެކު އެމްއެމްޕީއާރުސީން ބައިވެރިވާއިރު، މިއީ ކޮވިޑް -19 އަށްފަހު ފެއާރ އެއްގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މިހާތަނަށް ބައިވެރިވާ އެންމެ ބޮޑު އެއް ޓީމެވެ.
މިދިޔަ އަހަރުގެ ފެއަރގައި ބައިވެރިވެފައިވަނީ 58 ކުންފުންޏަކުން 92 މީހުން ނެވެ.
މިއީ ރާއްޖެއިން ޑަބްލިއުޓީއެމްގައި ބައިވެރިވާ 38 ވަނަ އަހަރެވެ.
މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރ އޮންނާނީ މިމަހުގެ 7 އިން 9 އަށް އެކްސެލް ލަންޑަންގަ އެވެ.