
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބު މިއަދު ފަށައިފި އެވެ.
އެ ޕާޓީން ބުނީ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 10:00 ން ހަވީރު 4:00 އަށް ކަމަށެވެ.
އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށް ދާނެ ކަމަށާއި ހަވީރު 4:00 އާއި ހަމައަށް ކިޔޫ ގައި ތިބޭ މީހުންނަށް ވޯޓު ލެވޭނެ ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ.
ޕީޕީއެމް އިން ބުނީ ވޯޓުލާން ދާއިރު، ވޯޓު ލާންދާ މީހާއަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ވޯޓު ލުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ޕީޕީއެމްގެ މާލޭގައި ވޯޓުލުން ކުރިޔަށް ދާނީ ހެންވޭރު ދަނޑާއި ހުޅުމާލޭގައި ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައި ކަމަށެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ ޕީޕީއެމްގެ މެމްބަރުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ޔޫތް ސެންޓަރުގައި ކަމަށެވެ.