
ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ދިވެހިރާއްޖޭގައި ތިބި ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހއ. އިހަވަންދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެކަމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް އެނގެން ޖެހޭ ކަމެއް ކަމަށާއި އެންމެ ގިނައިން، ބޮޑެތި ވަގުން ތިބީ މި ސަރުކާރުގައި ކަމަށެވެ.
އެމްއެމްޕީއާރްސީގެ ފައިސާގެ ބޮޑެތި މަންފާ ނެގީ އެމްޑީޕީގެ މަޖިލިސް މެންބަރުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އަށް އަންނަ އަހަރުގައި ވެރިކަން ލިބިއްޖެނަމަ، ރައްޔިތުންނަށް ކަޅު ފައިސާގައި ޖެހުނު މީހުންނާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މީހުން ހާމަ ކުރައްވާނެ ކަމަށެވެ.
އެއީ އެމަނިކުފާނު ވަރަށްބޮޑަށް ފުއްދަވަން ބޭނުންފުޅުވާ ވައުދެއް ކަމަށް ވެސް ވިދާޅުވި އެވެ.