
އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް އައި ކެއަރ އިން ލޮލުގެ ސްކްރީނިންގ ހިލޭ ހެދޭ އޮފަރ އެއް ތައާރަފް ކޮށްފި އެވެ.
އައިކެއަރ އާއި ގުޅިގެން ކުރިއަށް ގެންދާ މި އޮފަރ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
އުރީދޫގެ ކްލަބް ޕްރިމިއަރ މެންބަރަކަށް ވެވޭނީ 1،000 ރުފިޔާއަށް ވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ނެގުމުން ނުވަތަ އުރީދޫ ސުޕަރނެޓް ޕެކޭޖުގެ 40 އެމްބީއަށް ވުރެ މަތީގެ ޕެކޭޖެއް ނެގުމުން ނެވެ.
އުރީދޫ އިން ވަނީ އެ ކުންފުނީ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކޮށްގެން ކްލަބް ޕްރިމިއަރ ލައުންޖެއް ވެސް ހުޅުވާފަ އެވެ.
މި އަހަރު އޮގަސްޓް 11 ވަނަ ދުވަހު ކްލަބް ޕްރިމިއަރ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީކޮށް ހުޅުވާފައިވާއިރު އުރީދޫއިން އަންނަނީ ކްލަބް ޕްރިމިއަރ ޕްރޮގްރާމް ތައާރަފް ކުރެވުނީއްސުރެ، އެކުންފުނިން ޕްރިމިއަރ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.