
ހއ. އިހަވަންދޫ ބަނދަރު އަލުން ފުން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތާއި ވޭރިއޭޝަން މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 345 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާ، 28 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 525 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން 72 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 5149 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
މިއީ 59.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.