އިންޑިއާއަކީ ރާއްޖޭގެ ފުރަތަމަ އަދި އެންމެ ގާތް އެކުވެރިޔާ: ޝާހިދު

އިންޑިއާއަކީ ރާއްޖޭގެ ފުރަތަމަ އަދި އެންމެ ގާތް އެކުވެރިޔާ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ "ދަ ޕްރިންޓް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވީ އެ ގުޅުން ރާއްޖެއިން ދަމަހައްޓާނެ ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަކީ ތަރައްގީގެ އެޖެންޑާއެއް ނެތް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތެއް ކަމަށާއި އެމީހުންގެ ބޭނުމަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުކުރުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި އިންޓަރވިއު ގައި ޝާހިދުވަނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވެސް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހުގެ ލީޑާޝިޕްގެ ދަށުން ކޮށްދީފައިވާ ކަންތައްތައް ދިވެހި ރައްޔިތުން ބަލައިގަނެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު އިންޑިއާ އަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.