
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައިނުވާއިރު، އެނބުރި ރާއްޖެ ވަޑައިގެންނަވާނެ ދުވަހެއް ވެސް ހާމައެއް ނުކުރެއެވެ.
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ އާ ގާތްގުޅުމެއް ބާއްވަވާ ރައީސް ނަޝިދު ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.