
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް ޏ.ފުވައްމުލައް، މާލެގަން. މެލޯ މިޢްވާން މުޙައްމަދު ޢައްޔަންކުރައްވައިފިއެވެ.
މިޢްވާން މުޙައްމަދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު މަބްރޫކް ޢަޒީޒް އިސްތިޢުފާ ހުށަހެޅުއްވުމާއިގުޅިގެންނެވެ.
މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، މިޢްވާން މުޙައްމަދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މިޢްވާން މުޙައްމަދު ޢައްޔަންކުރެއްވުމުގެ ކުރިން މިޢްވާންވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމު އަދާކުރައްވާފައެވެ.
މިޢްވާން އަކީ ސްޓްރެޓިޖިކް މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.