
ރ. ހުޅުދުއްފާރު ބަނދަރުގައި ހަދާފައިހުރި ޕެޓްރޯލް ޝެޑް ގައި ކޮޅުވެއްޓިއަކުން ޖެހި ފުޑުފުޑުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ހިނގި މި ހާދިސާގައި ކޮޅުވެއްޓިން ޖެހި އެރަށު ބަނދަރުގެ ޕޭވްމަންޓާއި އިންވެގެން ހުރި ޕެޓްރޯލް ޝެޑް ވަނީ ފުނޑުފުނޑުވެފައެވެ.
އެރަށު ކައުންސިލާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޕެޓްރޯލް ޝެޑް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
އެރަށު މަގު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ރުއްތަކެއް ނެގުމަށް އެކްސްކެވޭޓަރެއް ހިފައިގެން އެރަށަށް ދިޔަ ކޮޅުވެއްޓި ބަނދަރުގައި ޖެހެން މެދުވެރި ސަބަބު އަންނަނީ ބަލަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.