
ދިވެހި ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެދަށުން މިއަދު މެންދުރުގެ ވަގުތެއްގައި އޭނާ ހައްޔަރުކުރީ ސޯޝަލް މީޑިއާ ގައި ދާދިފަހުން ލީކް ވެފައިވާ އެއްޖިންސުން ގުޅުން ހިންގާ ވޯޑިއޯތަކުން ފެންނަ މީހުން ހައްޔަރު ކުރުމުގެ ޚާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.
އެއްޖިންސުން ގުޅުން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، ބަންގްލޭޝްގެ އަލަމްގިރި ވެސް ހައްޔަރު ކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި އެ ވީޑިއޯތަކުން ފެންނަ އެހެން މީހުން ވެސް ގެންދަނީ ހައްޔަރު ކުރަމުންނެވެ.