
ދިވެހިން ތަފާތު އެކި ބޭނުންތަކުގައި ގޮސްއުޅޭ އެއް ގައުމުކަމަށްވާ، އިންޑޮނޭޝިއާ އިން އޮންއެރައިވަލް ވިސާ ދިވެހީންނަށް ލިބޭނެގޮތް ހަމަޖައްސައިފިއެވެ.
އެ ގައުމުން ދިވެހީންނަށް އޮންއެރައިވަލް ދޭން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
އެހެންވެ، ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ އެކަން ފާހަގަކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. މިނިސްޓަރ ޝާހިދުގެ ޓްވީޓުގައި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު، ރެޓްނޯ މަރުސުދީއަށް ވަނީ ޝުކުރުދަންނަވާފައެވެ.
ރާއްޖޭގެ ގިނަ ބަޔަކު އެ ގައުމުގައި ދިރިޅެމުން އަންނައިރު، ތަފާތު އެކިއެކި ބޭނުންތަކާއި ވިޔަފާރީގެ އެކި ކަންކަމުގައި ވެސް ގިނަ ދިވެހިން އެ ގައުމަށް ދަތުރުކުރެއެވެ.