އީދު ބަންދާއި މިނިވަން ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގެ އައިޕީޑީ އަދި އިމަޖެންސީ ފިޔަވައި އެހެނިހެން ޚިދުމަތްތައް ބަންދުވާނެ

އީދު ބަންދާއި މިނިވަން ދުވަހާއި ގުޅިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އައިޕީޑީ އަދި އިމަޖެންސީ ފިޔަވައި އެހެނިހެން ޚިދުމަތްތައް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އަޟްހާ ޢީދު ގެ ބަންދު ދުވަސްތަކުގެ ތެރެއިން ހޯމަ އަދި ބުރާސްފަތި ދުވަސް ފިޔަވަައި އެހެން ހުރިހާ ދުވަހެއްގައި އައިޕީޑީ އާއި އިމަޖެންސީ ފިޔަވައި އެހެނިހެން ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ޢީދު ދުވަހާއި މިނިވަންދުވަހުގެ މުނާސަބަތުގައި އައިޖީއެމް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް (އައިޕީޑީ އަދި އިމަޖެންސީ ޚިދުމަތްތައް (އައިޕީޑީ އަދި އިމަޖެންސީ ޚިދުމަތްތައް ފިޔަވައި) ބަންދުވާނެ ދުވަސްތައް ވަނީ ޢާންމުކޮށްފައެވެ.

އެ ދުވަސްތަކަކީ:-

  • 9 ޖުލައި 2022 ވާ ހޮނިހިރު ދުވަސް އަޟްހާ ޢީދު ދުވަސް
  • 10 ޖުލައި 2022 ވާ އާދީއްތަ ދުވަސް، އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި
  • 12 ޖުލައި 2022 ވާ އަންގާރަ، އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި
  • 13 ޖުލައި 2022 ވާ ބުދަ، އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި
  • 26 ޖުލައި 2022 ވާ އަންގާރަ، މިނިވަން ދުވަސް
  • 27 ޖުލައި 2022 ވާ ބުދަ، މިނިވަން ދުވަހުގެ މުނާސަބަތުގައި

އައިޖީއެމްއެޗުން ބުނީ މިއަހަރުގެ ޖުލައި މަހުގެ 11 (ހޯމަ) އަދި 14 (ބުރާސްފަތި) ގައި އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އެ ހޮސްޕިޓަލުގައި ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތް ކުރިއަށްދާނެ ކަމަށެވެ.

ކުރިއަށް އޮތް ބަންދުދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑިގެންދިޔަނަމަވެސް ޓްރޯމާ އެންޑް އިމަޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.