ޑޯގް ސްކޮޑް ގެ ޚާއްސަ ތަމްރީނެއް މިއަދު މާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
އެހެންނަމަވެސް އެ ތަމްރީނުތަކާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޭ ނައިން ޑިޕާރޓްމަންޓް (ޑޯގް ސްކޮޑް) ގެ ހާއްސަ ތަމްރީނެއް މިއަދު މާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
— Maldives Police (@PoliceMv) July 6, 2022
ފުލުހުންގެ ކޭނައިން ޑިޕާޓްމަންޓް ނުވަތަ ޑޯގް ސްކޮޑް ބޭނުން ކުރަނީ މަސްތުވާތަކެތީގެ ތަފާތު އޮޕަރޭޝަންތައް ހިންގައި، މަސްތުވާތަކެތި ހޯދުމަށެވެ.
ޑޯގް ސްކޮޑުގައި ބެލްޖިއަމް މަލިނޮއިސް، ލެބްރެޑަރ، ގޯލްޑެން ރިޓްރީވަރ، ޗޮކްލެޓް ލެބްރޯޑް، ޕެޓިޑޭލް، ޖެކް ރަސްލް ހިމެނޭއިރު، ފުލުހުން ދައްކާލާފައި ވަނީ ބެލްޖިއަމް މަލިނޮއިސް، ދެ ލެބްރޭޑާ އަދި ލެބްރޭޑާ ޕެޓިޑޭލް މިކްސެކެވެ. އެއީ ބްލެކީ، ސޭމް އަދި ޓާރާއެވެ.
އޭގެ ތެރެއިން ދެ ކުއްތާއެއް މިދިޔަ އަހަރު މަރުވެ، މިހާރު ބާކީ އޮތީ 15 ކުއްތާއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަން ވަރުގަދަކުރަން ޑޯގް ސްކޮޑެއް އުފައްދައި ކުއްތާތައް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.