މާލޭގައި ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަން ނިންމާލައިފިއެވެ.
ސިފައިން ބުނީ މިއީ ބޮމުގެ އިންޒާރު ތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ސިފައިން މި އޮޕަރޭޝަން ހިންގާފައިވަނީ ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ޗައިނާ އެމްބަސީ ކައިރީގައާއި ކްރިމިނަލް ކޯޓު ކައިރިން އޯކިޑް މަގާއި ސުޕްރީމް ކޯޓު ކައިރީގައި އޮންނަ ހަނި ގޯޅިގަނޑެއްގައެވެ. އެއީ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ މުރައިދޫގެ ވެސް ހުންނަ ސަރަހައްދެވެ.
އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ސިފައިން ބަންދުކޮށްގެން ފޯރި މަރާފައިވާއިރު، ސިފައިންގެ ބޮން ނައްތާލާ ޔުނިޓުގެ އޮފިސަރުން މާލެތެރޭގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި ބޮން ނައްތާލުމުގައި ބޭނުންކުރާ ބައެއް އާލާތްތައް ވެސް ބޭނުންކޮށްފައިވެއެވެ.
މި އޮޕަރޭޝަނާ ގުޅިގެން ފަހުގެ މައުލޫމަތު ދެމުން ސިފައިން ބުނީ، ނުރައްކާތެރި ކަމަށް ބެލެވޭ ގޮތް ނޭނގޭ އެއްޗެއް މާލޭގެ ދެ ސަރަހައްދެއްގައި އޮތްކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު ހަރަކާތްތެރި ކަމަށެވެ. އަދި ބެލި ބެލުމުން މިކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔަޤީން ކުރެވިފައި ވާ ކަމަށެވެ.