
އުދަ އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ސ.މަރަދޫއާއި ހިތަދޫއަށް ޓީމްތައް ފޮނުވައިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އުދައިގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ގެތެކަށް ވެސް ލޮނު ވަދެފައިވާއިރު، އައްޑޫ ސިޓީއަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ގދ. ކާނޑެއްދޫ ޕޯސްޓްގެ ސިފައިން ދަނީ އުދައިގެ ސަބަބުން ގދ. އަތޮޅުގެ ރަށްތަކަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަކަމަށާއި މިގޮތުން ގދ. މަޑަވެލީގައި ކާނޑެއްދޫ ޕޯސްޓްގެ ސިފައިން މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.