މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިމަތިލާފައިވާ ކެންޑިޑޭޓް އާމިނަތު ޝީޒާގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްއެންޕީން ބުނީ ހުޅުމާލޭ ޝެއިޚް އަބުދުއްރަހުމާން މަގުގައި ހަދާފާއިވާ މި ޖަގަހަ ހުޅުވާނީ މިރޭ 09:30 ގައި ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުޙައްމަދު ނާޒިމްއާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ޢާންމު މެމްބަރުން ވެސް ބައިވެރިވާނެ ކަމަށް ބުންޏެވެ.
މިއިންތިޚާބުގައި ވާދަކުރަނީ އެމްއެންޕީ އާއި ޕީޕީއެމް އެކަންޏެވެ. އެގޮތުން އެމްއެންޕީން ޝީޒާ ވާދަކުރާއިރު، ޕީޕީއެމް އިން ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. މި އިންތިޚާބުގައި އެމްޑީޕީން ކެނޑިޑޭޓް ނެރުމަށް ހުޅުވާލިނަމަވެސް، މުއްދަތު ހަމަވިއިރު ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވެއެވެ.
މި އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން މިމަހުގެ 16ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ކެންޑިޑޭޓް ނަމްބަރު 1 ލިބުނީ ފާތިމަތު ނާޒިމާ އަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އާމިނަތު ޝީޒާ އަށެވެ.
މި އިންތިޚާބު ބޭއްވުމަށް ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އިންތިޚާބު ބާއްވާ ދުވަސް އަވަސްކޮށްފައެވެ. އެގޮތުން މެއި 14 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާއިރު، މި އިންތިޚާބު ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 ޖަހަންދެންނެވެ.