މިއަހަރު އަނެއްކާ ވެސް ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

މިއަހަރު އަނެއްކާ ވެސް ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް ހަތަރު ދުވަސް އިތުރުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރު ބަންދުކޮށްފައިވަނީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވާ ބުރާސްފަތި ދުވަހާއި، އަޟްހާ އީދާއި ގުޅިގެން އަންނަ 13 ޖުލައިވާ ބުދަ ދުވަހާއި، 14 ޖުލައި ވާ ބުރާސްފަތި ދުވަހާއި، މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން އަންނަ 28 ޖުލައި ވާ ބުރާސްފަތި ދުވަސް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސަރުކާރުން މި ގެންނެވި ބަދަލާއެކު ފިތުރު އީދުގެ ބަންދަށް ހަފުތާއެއް ލިބޭނެއެވެ. އަދި އަޟްހާ އީދު ބަންދަށް 8 ދުވަސް ލިބޭއިރު، މިނިވަން ދުވަހާއި ގުޅިގެން ބަންދު ދުވަހުގެ ގޮތުގައި ފަސް ދުވަސް ލިބޭނެއެވެ.

ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތަކާއި ގުޅިގެން މީގެ ކުރިން ވެސް މިފަދަ ދުވަސްތައް އަންނަނީ ބަންދުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.