![Riza](https://aafathis.mv/wp-content/uploads/2021/11/Riza-678x381.jpg)
ރާއްޖޭގެ މިއުޒިކީ ދުނިޔޭގައި މަޝްހޫރު އަޙްމަދު ރިޒާ (ތަރަބޫޒު ރިޒާ) މިއަދު ނިޔާވެއްޖެއެވެ.
އަޙްމަދު ރިޒާ އަކީ ރާއްޖޭގެ މިއުޒިކީ ދުނިޔޭގައި ވަރަށް ވިދާ ލި ނަމެކެވެ. ލަވަ ކިޔުއްވުމާއި ބެރު ޖެއްސެވުމުގެ އިތުރަށް އަމިލް ގެ ކަމުގައި ހެންވޭރު ތަރަބޫޒުގޭގައި ސްޓޫޑިއޯއެއް ހައްދަވައިގެން މިއުޒިކް ރެކޯޑު ކުރައްވައި އަލްބަމްތައް ނެރުއްވިއެވެ. މީގެ އިތުރަށް އެ ސްޓޫޑިއޯގައި އެހެން ފަންނާނުންގެ ލަވަތަކާއި މިއުޒިކު ރެކޯޑު ކުރުމުގެ ފުރުސްތު ދެއްވި ޚިދުމްތަތެރިއެކެވެ.
މިއުޒިކުގެ އިތުރަށް ރިޒާއަކީ ފުޓުބޯޅައިގެ ރެފުރީކަންވެސް ކުރެއްވި ބޭކަލެކެވެ. އަދި ފުޓުބޯޅައާއި ހިކީ ކުޅުއްވިއެވެ. ހޮކީގައި ފާހަގަ ކުރެވޭ ކުޅަދާނަ ގޯލްކީޕަރެކެވެ.
ރިޒާއަކީ މަޖާ މިޒާޖެއްގެ ވަރަށް އިޖުތިމާއީ ބޭފުޅެކެވެ. ގިނަ މީހުނާ ގުޅޭ އެކުވެރިކަން ދަމަހައްޓާ ހިތްހެޔޮ ބޭކަލެއްވެސް މެއެވެ.