
މާލޭގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ބްލެކް މެއިލް ކޮށް، ބިރުދައްކައި ބަރަހަނާކޮށް ފައިސާ އަތުލަން އުޅުނު މައްސަލައެއް ރޭ މެންދަމު 3.49 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
މި މައްސަލައިގައި އުމުރުން 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކު ހައްޔަެރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މައްސަލައިގައި ހިމެނޭ އެންމެންނަކީވެސް ދިވެހިންނެވެ.
މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފައި ވީނަމަވެސް މައްސަލަ ހުށަހެޅީ ކާކު ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. ސީދާ މައްސައިގައި ހިމެނޭ މީހާ ކަމެއް ނުވަތަ އެހެން މީހަކު ކަމެއް އަދި ނޭނގެއެވެ.