ހޯމަ ދުވަހު އެންމެ ކުޑަ އުޖޫރަ ކަނޑައަޅަނީ

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން އަންނަ ހޯމަ ދުވަހު ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅަނީނ ފުރަތަމަ ހަމަޖެއްސި ކަމަށް ވާހަކަ ދެއްކެވުނު ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އިކޮނޮމިކް މިނިސްޓަރީން އުޖޫރަ ކަނޑައަޅަން ދެތިން ފަހަރަކު ތާރީޚު އިއުލާނު ކުރިއެވެ. އެކަމަކު މަޝްވަރާ ކުރަމުން ދަނީކަމަށް ބުނެ ލަސް ކުރަމުން ގެންދިޔައީއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅަން އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހެނީ ވޭޖް ބޯޑުންނެވެ. ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވައެވެ. ދެން ތިއްބަވަނީ ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރުންނާއި، މަސައްކަތްތެރިން ތަމްސީލުކުރާ ފަސް މެމްބަރެކެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6400 ރުފިޔާ އާއި 8000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު އޮތީ ލަފާ ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.