
ރާއްޖެއިން އިތުރު 189 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 119 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 35 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 81،301 އަށް އަރާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދާ 1,794 މީހުން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. މިވަގުތު 24 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.
މިއަދު އިތުރު 125 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެތެރެއިން 79،268 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5,768 ސާމްޕަލެއް ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 207 ދިވެހިންނާއި 19 ބިދޭސީންނެވެ.