
ގައިފާރުގަނޑު އޮތް ވޭން ގަދަވެ ދާއިރު
މައިފާރު ބޭރަށް ފަރުވާ ދެވެންޏާ
މައި ދަރި ބަފައިން ދޭ ކައިބޮއި ހަދާއިރު
ފައިސާ ނުހައްގުން ޖީބަށް އަޅަންޏާ
ލައިގެން ހެދުން ތިބެ އޮރިޔާންވެ ދާއިރު
ހައިބަތުގެ މޭތައް ފުއްޕާ ހަދަންޏާ
ފައިހުރި ބިމުންލުހި ކެނޑިގެން އެދާއިރު
ދައިގަނެ ލަވާ އަތުގައި ހަދަންޏާ
ހައިރާންނުވާ ފަދަ މީ ފަހެ ކަމެއްހޭ؟