މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއެްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ. މި ހުއްދަ ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު ވ. ވަސްމީރުފިޔަ އަލްއުސްތާޛު އަޙްމަދު އުޝާމަށެވެ.
އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ އޭނާއާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ހަތަރު މެންބަރަކު އެކުވެގެން އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. އެ މެންބަރުންނަނީ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އާދަމް (މޮސްޓާ) އާއި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދެވެ. މި ބޭފުޅުންގެ ތެރެއިން މުޙައްމަދު ނާޒިމާއި ޢަބްދުﷲ ރިޔާޒަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް ދެ މެންބަރުންނެވެ. ދެ ބޭފުޅުންވެސް މިހާރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އަޙްމަދު އުޝާމާއި މުޙައްމަދު ނަޝީދާއި އަބްދުލްމުޙްސިނަކީ މަޖިލީހުގައި ތިއްބަވާ މިނިވަން ތިން މެންބަރުންނެވެ.
ތީގެ ތެރޭގައި އެބަ ހިމެނޭ ވޯޓުގަނެގެން މަޖުލިހަށް ހޮވުނު މީހެއް. ވޯޓު ގަންނަން ފައިސާ ހޯދަން ވިއްކަން ދަރަންޏަށް ހޯދި މުދަލުގެ އަގު އަދިވެސް އަދާނުކުރޭ. ރައްޔި ތުން އެފަދަ މީހުން ކިބައިން ސަލާމަ ތް ވެގެން ގައުމު ސަލާމަ ތްކުރެވޭނީ.