
ރާއްޖެއިން އިތުރު 212 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 52 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 157 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހުންނާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު މިހާތަނަށް ޖުމުލަ 72،678 މީހުންވަނީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންދާ 4،262 މީހުން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. މިވަގުތު 38 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.
މިއަދު އިތުރު 311 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެތެރެއިން 68،197 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 4،959 ސާމްޕަލް ރާއްޖެއިންވަނީ ކޮވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި ނަގައިފައެވެ.
މިހާތަނަށް 207 މީހުން މިބަލީގައި ރާއްޖެއިން ނިޔާވެފައިވެއެވެ.