ޖޯން މެކަފީ އޭނާގެ ޖަލުގޮޅީގައި މަރުވެފައި އޮއްވާ ފެނިއްޖެ

މަޝްހޫރު އެންޓިވައިރަސް ސޮފްޓްވެޔާ މެކަފީ އުފެއްދި ޖޯން މެކަފީ ސްޕޭންގެ ވެރިރަށް ބާސަލޯނާގައި އޭނާ ބަންދުކޮށްފައި ހުރި ޖަލުގައި އޭނާގެ ގޮޅީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާގެ ވަކީލު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނިގޮތުގައި ބެލެވެނީ އޭނާ އަމިއްލައަށް މަރުވި ކަމަށެވެ.

މެކަފީ މަރުވެފައި މިވަނީ ޓެކުހަށް މަހަރު ހެދުމުގެ ކުށުގައި އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް އޭނާ އެމެރިކާއަށް ގެންދިއުުމުގެ ހުއްދަ ސްޕޭންގެ ކޯޓަކުން ދިން ފަހުން އެއް ދުވަސްވެސް ނުވަނީހެވެ. އޭނާގެ މައްޗަށް އެމެރިކާގައި އުފުލިފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ ތިރީހަކަށް އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީއަށް ތާއީދުކުރާ، ޓެކްސް ދެއްކުމާ ދެކޮޅުހަދާ ވިޔަފާރިވެރިޔާ އަބަދުވެސް އާއީ ގާނޫނީ މައްސަލަތަކާ ކުރިމަތިލަމުންނެވެ. އެމެރިކާގެ ތަފާތު ކޯޓުގައި އޭނާގެ މައްސަލަތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން މެކަފީ ހައްޔަރުކޮށްފައި ވަނީ ފާއިތުވި އޮކްޓޯބަރު މަހު ބާސަލޯނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭރު އޭނާގެ މައްޗަށް އެމެރިކާގެ ޓެނަސީ ސްޓޭޓުގެ ކޯޓެއްްގައި އޭނާގެ މައްޗަށް ޓެކުހަށް މަަކަރު ހެދުމުގެ ދައުވާ އުފުލާފައި އޮތެވެ. އޭނާ ޖަލުގައި އޮތީ އޭނާ އެމެރިކާއަށް ގެންދިއުމުގެ މައްސަލަ ކޯޓުން ވަކި ގޮތަކަށް ނިންމަންދެނެވެ.

ޖޯން މެކަފީ ވަނީ 1987 ގައި މެކަފީ އެސޯސިއޭޓްސް އުފައްދައި އެއަހަރު ފަހުކޮޅު މެކަފީ ވައިރަސް ސްކޭންގެ ފުރަތަަމަ ވާޝަން ނެރެފައެވެެ. އޭނާގެ ކުންފުނި ހިއްސާ ވިއްކާ ކުންފުންޏެއްގެ ގޮތުގައި 1992 ވަނަ އަހަރު ރަޖިސްޓަރީ ކުރުމަށް ފަހު، އޭގެ ދެ އަހަރު ފަހުން އޭނާ ވަނީ ކުންފުނީގައި އޮތް އޭނާގެ ހިއްސާ ވިއްކާލާފައެވެ. އޭގެ ފަހުން މެކަފީ ކުންފުންޏާ އަޭނާއާ އެއްވެސް ގުޅުމެއް ނެތެވެ. 2011 ވަނަ އަހަރު އިންޓެލްއިން މެކަފީ ގަތުމަށް ފަހު މެކަފީއަކީ މިހާރު އިންޓެލްގެ ސެކިއުރިޓީ ޑިވިޝަންެގެ ބައެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.