
ހުޅުމާލޭގައި ފުރަތަމަ ފަހަރަށް މާލެ ސިޓީ ކައުންސިލް އިދާރާގެ ޙިދުމަތްތަށް ދިނުމަށާއި އިދާރީ އޮފީސް ހިންގުމަށް ޔުނިޓެއް ޤާއިމުކޮށްފިއެވެ.
މިއަދު ވަނީ މި ޔުނިޓު ހިންގާނެ ތަނެއް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މާލެ ސިޓީގެ މެޔަރ ޑރ.މުހައްމަދު މުއިއްޒެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.
މި އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލެ އަމީން އެވެނިއު މޭޕަލް ޓަވަރުގެ ޔުނިޓް (އެމްއެމް 05-01) ، ސިޓީ ކައުންސިލްގެ ޚިދުމަތްތަށް ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ ސަބަބުން އައު ސިޓީ ކައުންސިލާއި ކައުންސިލްތަކުގެ ޤާނޫނަށް ގެނައި ބަދަލުތަކާއއެކު ގުޅިގެން ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީއާއި މާލޭ ސިޓީ ކައުންސިލުންވެސް ޤަބޫލުކުރެއެވެ.