
ރާއްޖެއިން އިތުރު 704 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 407 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 271 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 18 މީހަކާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 65،868 އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 23،909 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 197 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.
މިރޭ އަލަށް މިބަލިން ރަނގަޅުވީ 828 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 41,779 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5،181 މީހުންގެ ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 171 މީހުންވަނޫ ނިޔާވެފައެވެ.