
ރާއްޖެއިން އިތުރު 768 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 373 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 357 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހަކާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 8 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 65،164 އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 24،035 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 208މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.
މިރޭ އަލަށް މިބަލިން ރަނގަޅުވީ 834 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 40,951 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.