
ރާއްޖެއިން އިތުރު 780 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 571 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 205 މީހުންނާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 63،686 އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 24،205 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 240 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.
މިރޭ އަލަށް މިބަލިން ރަނގަޅުވީ 1,081 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 39,314 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި 4,356 ސާމްޕަލެއް ވަނީ ނަގާފައެވެ.
މިހާތަނަށް މިބަލީގައި ރާއްޖެއިން 158 މީހުން ވަނީ ނިޔާވެފައެވެ.