ދިވެހިރާއްޖޭގެ ދިރާސީ އަހަރު ކޮންމެ އަހަރެއްގެވެސް އޯގަސް މަހު ފައްޓާ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަ ކުރައްވައިފިއެވެ. މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވިދާޅުވީ އޯގަސްޓް މަހު ދިރާސީ އަހަރު ފައްޓާ ގޮތަށް ހަމަޖެއްސުމާއެކު އަހަރުގެ ބޮޑު ޗުއްތީ ދެން ލިބޭނީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީ ކޮޅުގައެވެ. ފުރަތަމަ ޓާމް ނިންމުމަށް ފަހު ޓާމް ބަންދާއެކު ޑިސެންބަރު މަހުގެ ފަހު ކޮލޫ ދެ ހަފުރތާގެ ޗުއްޓީއެއްވެސް ލިބޭނެއެވެ.
އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު މުޖާހިދު ވިދާޅުވި ގޮތުގައި މިގޮތަށް ހަމަޖައްސާފައި ވަނީ މީގެ ކުރިންވެސް އެތައް ބަޔަކު މިފަދަ ގޮތަކަށް ބަދަލުކުރަން އެދިފައި ވުމާވެސް އެކުގައެވެ. ދިރާސީ އަހަރު ފައްޓާ ދުވަސް ބަދަލުކުރުމާ ގުޅިގެން އަހަރުގެ މެދުތެރޭގައި ޗުއްޓީއަކާއި ފެށޭތާނގައި ޗުއްޓީއެއް ލިބޭނެއެވެ. މި ބަދަލު ގެނައީ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެޑިއުކޭޝަނުން ވަނީ ވިދާޅުވެފައެވެ.