އިތުރު 5,923 މީހުން ކޮވިޑް ވެކްސިން ޖަހައިފި

ރާއްޖެއިން އިތުރު 5,923 މީހުން ކޮވިޑް ވެކްސިން ޖަހައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި އަލަށް މިވެކްސިން ޖެހި 5,923 މީހުންނާއެކު މިހާތަނަށް  ޖުމްލަ 111,415 މީހުން މިވަނީ ރާއްޖެއިން ކޮވިޑް ވެކްސިން ޖަހާފައެވެ.

ވޭތުވެދިޔަ ދިޔަ 24ގަޑިއިރުތެރޭގައި އަތޮޅުތަކުން 3,632މީހުންވަނީ ވެކްސިން ޖަހާފައެވެ. އަދި މާލެ ސަރަޙައްދުން ވެކްސިން ޖެހީ 2،291 މީހުންނެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ އަދަދުވަނީ 36,252އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދަކީ 75,163އެވެ.

މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރަކުން ކޮވިޑް ވެކްސިން ޖަހައިދެއެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމެއްވެސް ހަރަކާތްތެރިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.