
މާލޭގެ މަގުމަތިން ބަނގުރާއާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި 2 މީހުން ބަނގުރާ ގެންގުޅޭކަމަށް ކަމަށް ޝައްކު ކުރެވިގެން މަގުމަތިން ހައްޔަރުކުރީ މިރޭ އިރާކޮޅުއެވެ. މިރޭ 19:30 ހާއިރު އަސްރަފީ ބުކްޝޮޕް ކައިރިން ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިދެމީހުން ހުއްޓުވުމުން އެމީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ތަޅާލާފައި ވާކަމަށްވެސް ފުލުހުން ވިދާޅުވއެވެ. ފުލުހުން ވިދަޅުވީ އެ ދެމީހުން ހުއްޓުވާފައިވަނީ ވަންވޭއާ އިދިކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.