މަންޓާއެއަރގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ އެވެ.
މި އެ އެކްސިޑެންޓް ހިނގިކަން އެކުންފުނިން ވެސް ވަނީ ހާމަކޮށްފައެވެ. އެސީޕްލޭން ވެއްޓުނީ މިއަދު ހެނދުނު 7:30 ހާއިރު ވެލާނާ އެއާޕޯޓު ފަޅަށް ޖައްސަން އުުޅުމުގެ ތެރޭގައި ހުޅުލޭ ފަޅަށެވެ. މަންޓާ އެއަރ އިން ހާމަކޮށްފައިވާ ގޮތުގައި ސީޕްލޭން ވެއްޓުނު އިރު ހަ ފަސިންޖަރުންނާއި ތިން ކްރޫއިން އޭގައި ތިއްބެވެ. އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކުދިކުދި އަނިޔާތައް ލިބިފައިކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ކޯސްޓްގާޑުގެ މާލޭ ސަރަހައްދުގެ ޑައިވަރުން ސީޕްލޭން ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ސީޕްލޭންގެ ވެއްޓިފައިވާ ފޮޓޯތައްވެސް އެމްއެންޑީއެފް އިން ވަނީ އާއްމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ ސީޕްލޭންގެ ދެ ކަނދު ފެންމަތީގައި އޮތްތަނެވެ. އަނެއްބައި އޮތީ އަޑީގައެވެ.