އައްޑޫގައި އޭވިއޭޝަން ކްލަސްޓަރގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 275 އަށް އަރައިފި

އައްޑޫ ސިޓީގައި  ކޯވިޑް ފެތުރިފައިވާ ދެ ކްލާސްޓަރގެ ތެރެއިން އޭވިއޭޝަން ކްލަސްޓަރ ގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 275 އަށް އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން އައްޑޫގައި ކޯވިޑް ފެތުރިފައިވާ އެމްޓީސީސީ ކްލަސްޓަރ އިން ޑައިރެކްޓް ކޮންޓެކްޓެއް ނެތެވެ. މިހާރު އައްޑޫގައި ތިބި ކޯވިޑްގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 49 އެކެވެ. އެއީ އޭވިއޭޝަން ކްލަސްޓަރ އިން 22 މީހަކާއި  އެމްޓިސީސީ ނުވަތަ ހުޅުމީދޫ ކްލަސްޓަރ އިން 26 މީހަކެވެ. އެމްޓިސީސީ ކްލާސްޓަރ އިން ބަލިޖެހިފަިވާ އެންމެންނަކީ ވެސް ބިދޭސީންނެވެ. މި ދެކްލަސްޓަރ އިން ޕޮޒިޓިވް މީހުންގެ އިތުރުން ހޯމް ކަރަންޓީނަށް ފަހު ހެދި ޓެސްޓުން ޕޮޒިޓިވްވި އެކަކުވެސް އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެއެވެ.  ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ. 

އައްޑޫ ސިޓީން ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވް ވުމުން އެސިޓީ ވަނީ މޮނީޓަރިންގައެވެ. ކޯވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން މިރެއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 8 އިން ފަތިހު 4 އަށް އައްޑޫގައި ވެސް  ކާފިއު ހިންގާނެއެވެ. މިނޫން ވެސް ވަރަށް ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަައް  އައްޑޫގައި ވަނީ އަޅައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.