މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުން ކުރިއަށް ގެންދަނީ

ނޯޓް: ނައީމަށް؛ ވައިބަރ އިން އަޅުގަނޑަށް މެސެޖެއް ފޮނުވޭތޯ ބަލާލަބާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށް ގެންދަން ފަށްޓަވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން އަންގާ އެންގުންތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިކަން  އިއުލާން ކުރައްވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުން ކުރިއަށް ގެންދަވަނީ ސަރުކާރުގެ ވެކްސިން ޕްރޮގްރާމަށް އެއްބާރުލުން ދެއްވުމުގެ ގޮތުންކަމަށެވެ. ކޮންމެ ދުވަހަކު ހަހާސް މީހުންނަށް ވެކްސިން ދިނުމަކީ ރައީސް ޞާލިޙްގެ އަމާޒުކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

މަޖިލީހުގެ އިދާރާގައި ވެކްސިން ދޭނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ވެކްސިން ދެމުން އަންނަނީ އެޗްޕީއޭގެ ލިސްޓުގައިވާ ގޮތަށް ކަމަށާއި ވަރަށް އަވަހަށް މަޖިލީހުގެ މެންބަރުންނަށްވެސް ވެކްސިން ދެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.  މަޖިލީހުގެ މެންބަރުންގެ ތެރެއިން އެއްވެސް ބައްޔެއް ހުރި މެންބަރެއްނަމަ އެކަން ސިއްރު ނުކުރުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ. 

މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، އޭޑީކޭ ގުޅިގެންނެވެ. މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ވެކްސިން ދިނުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 18:00 އަށެވެ. 

 އުމުރުން 55 އަހަރުންމަތީީގެ މީހުންގެ އިތުރުން، އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ ހައިރިސްކު މީހުންނަށް ވެސް މިއަދު ވެކްސިން ދިނުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.