
ޓިއުޝަން ކުލާސްތަކާއި ޤުރްއާން ކުލާސްތައް ހުޅުވައި ޚިދުމަތް ދިނުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދެއްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓިއުޝަން ކްލާސްތަކާއި ޤުރްއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ އެ އެޖެންސީން ދެއްވައިފައިވާ ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން އަދި ޤުރްއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ޚިދުމަތް ދިނުން އެންމެ ރަނގަޅު ކަމަށެވެ.
ޓިއުޝަން ކުލާސްތަކާއި ޤުރްއާން ކުލާސްތައް ހިންގަން ވާނީ ކޮވިޑުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
ކޯވިޑް 19 އާ ގުޅިގެން އަޅައިފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކަށް އެޗްޕީއޭއިން ދަނީ ލުއިތައް ދެއްވަމުންނެވެ. މިމަހު 10 ވަނަ ދުވަހުން ފެށިގެން ރައްކާތެރި ފިޔަވަޅުތަކާއެކު ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ ފަށްޓަވައިފައެވެ.