ރަސޫލުﷲގެ ފާނުގެ އިސްތަށިފުޅުގެ އިސްތަށިކޮޅެއް ކަމަށް ބުނާ އިސްތަށިކޮޅެއްގެ ވީޑިޔޯއެއް ދުބާއީގެ ދާރުލްއާސާރަކުން އާންމު ކޮށްފިއެވެ.
ދުބާއީގެ ދާރުލްއާސާރެއްގައި އޮތް މި އިސްތަށިކޮޅުގެ ވީޑިޔޯ ސޯޝަލް މީޑިޔާގައި މިހާރު ދައުރު ވަމުންދާއިރު އެފަރާތުން ބުނެފައި ވަނީ އެއީ ޔަމަނުން ގެނެސްފައިވާ އިސްތަށިކޮޅެއް ކަމަށެވެ. އެދުވަސްވަރު ރަސޫލުﷲގެ ފާނުވެސް ވަރަށް ގިނައިން ތަފާތު ބޭނުންފުޅު ތަކުގައި، ޚާއްސަކޮށް ވިޔަފާރި ދަތުރުފުޅު ތަކުގައި ޔަމަނަށް ވަޑައިގެންފައިވެއެވެ.
ޔަމުން ގެނެސްފައިވާ މި އިސްތަށިކޮޅު ދުބާއީގެ ދާރުލްއާސާރެއްގައި ވަރަށް ބޮޑަށް ރައްކާކޮށްގެން ގެންގުޅޭއިރު އެފަރާތުން ބުނެފައި ވަނީ އެ އިސްތަށިކޮޅުން މިހާރުވެސް ގޮމަކަސްތޫރީގެ މީރު ވަސް ދުވާ ކަމަށެވެ. އަދި ޒައިތޫނިތެލުގެ އަސަރު އެ އިސްތަށިކޮޅުގައި މިހާރުވެސް ހުންނަ ކަމަށްވެއެވެ.
އެފަރާތުން ބުނެފައި ވަނީ އިސްތަށިކޮޅު މިހާރުވެސް ދިގު ވަމުންދާއިރު އިސްތަށިކޮޅުގެ ކުލަވެސް ކަޅާއި މުށި ކުލައަށް ބަދަލު ވަމުން އަންނަ ކަމަށެވެ. އަދި އަވިދޭ ތަނަކަށް އިސްތަށިކޮޅު ނެރެފިނަމަ ވިލާގަނޑެއް އައިސް އިސްތަށިފކޮޅަށް މިހާރުވެސް ހިޔާ އަޅައިދޭ ކަމަށްވެސް ބުނެއެވެ.
Thee dhogeh hen heevanee