
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝާން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ މރ. ޖޯން ގްރިންޑޯލް އައްޔަންކޮށްފިއެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މރ. ގްރިންޑޯލް އަކީ އިންޝުއަރެންސާއި ޕެންޝަން އިންޑަސްޓްރީގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެެކެވެ. އަދާކުރައްވާފައިވާ މަތީ ފެންވަރުގެ މަގާޟުތަކުގެ ތެރޭގައި މޯލްޓާ ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ އިންޓެރިމް ޗީފް އެކްޗުއަރީގެ ވަޒީފާއާއި ލޯއިޑްސް ބޭންކިން ގްރޫޕުގެ ސީނިއަރ އެކްޗުއަރީގެ މަގާމާއި، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓީން އޮފިސަރުގެ މަގާމު ހިމެނެއެވެ.
އިންުއަރެންސާއި ޕެންޝަން ދާއިރާގެ ތަޖުރިބާގެ އިތުރުން މރ. ގްރިންޑޯލް އަކީ 'ޑިފައިންޑް ކޮންޓްރިބިއުޝަން/ޑިފައިންޑް ބެނެފިޓް ގެ ތަޖުރިބާކާރެއް ކަމަށްވެސް ޕެންޝަން އޮފީހުގެ ބަޔާނުގައި ވެއެވެ. މީގެ އިތުރަށް އޭނާއަކީ ޕެންޝަން ފޯރުކޮށްދިނުމުގައި ދިމާވާ އިންވެސްޓްމަންޓް ރިސްކު މެނޭޖުކުރުމުގެ ވެސް ތަޖުރިބާކާރެކެވެ.
ބޭރު މީހަކު މި މަގާމަށް އަައްޔަންކުރުމާ ގުޅިގެން އާއްމުންގެ ގިނަބަޔަކު ދަނީސޯޝަލްމީޑިއާގައި އެކަމަަށް ފާޑުކިޔަމުންނެވެ.