"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ

"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ. މިއީ މިއެވޯޑް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. 

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު  ރާއްޖެއިން ހާސިލް ކުރީ ފަތުރުވެރިކަމުގެ 22 މަންޒިލަކާ ވާދަކޮށެވެ. އޭގެތެރޭގައި ދުބާއީ، މެލޭޝިޔާ، ސްޕެއިން، މޮރިޝިއަސް އަދި ސްރީލަންކާ ފަދަ ފަތުރުވެރިންގެ މެދުގައި މަޤްބޫލް މަންޒިލްތައް ހިމެނެ އެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. މި އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައި ވަނީ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯރޑްސް 2020ގެ ގްރޭންޑް ފިނާލޭގައެވެ. މިއީ 1993 ގައި ދޭން ފެށި އެވޯޑެކެވެ.   

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ރާއްޖެ ވަނީ ނޮމިނޭޓްވެފަ އެވެ. ގްރޭންޑް ފިނާލޭގައި ޑެސްޓިނޭޝަން ކެޓަގަރީގެ އަށް ކެޓަގަރީއަކުން ވަނި ނޮމިނޭޓްވެފަ އެވެ. މީގެ އިތުރުން 30 ކެޓަގަރީއަކުން ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތައް ހިމެނޭގޮތަށް 53 ޓޫރިސްޓް ފެސިލީއެއް ވަނީ ނޮމިނޭޓްވެފައެވެ. ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެ ވަނީ ވޯލްޑް ކްލާސް ޑެސްޓިނޭޝަނަށް ވާދަކޮށްފަ އެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ ރާއްޖޭގެ ގިނަ ތަންތަނަށް ވަނީ އެވޯޑްތައް ކާމިޔާބުކޮށްފަ އެވެ. 

ވޯލްޑް ޓްރެވަލް އެވޯރޑްތައް ލިބިފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ: 

* ވޯލްޑްސް ލީޑިން ނިއު ރިސޯޓް 2020: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ 

* ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020: ދަ އެސްޓީ. ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް 

* ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020: ބަރޮސް މޯލްޑިވްސް ވޯލްޑްސް 

* ލީޑިން ހަނީމޫން ރިސޯޓް 2020: ޖޭއޭ މަނަފަރު ވޯލްޑްސް 

* ލީޑިން ވޯޓާ ވިލާ ރިސޯޓް 2020: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ 

* ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020: ޓްރާންސް މޯލްޑިވިއަން އެއާވޭސް 

* ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020: ހުޅުލެ އައިލެންޑް ހޮޓެލް 

ވޯލްޑް ޓްރެވެލް އެވޯރޑްސްގެ އިންޑިއާ ސަރަހައްދުގެ ހަތަރު އެވޯޑެއް ވެސް ރާއްޖެއިން ވަނީ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯރޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯ ޑެއް ކާމިޔާބުކޮށްފަ އެވެ. އެއީ، އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން،   އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން  އެވޯރޑެވެ. އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެ އަށް ލިބުނު މިއީ 13 ވަނަ ފަހަރެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.