އަޅުގަނޑު ބޭނުންވަނީ ތިޔަ ބޭފުޅުންގެ ހިތްޕުޅުގެ ތަޅުދަނޑި: ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީން

އެމަނިކުފާނު ބޭނުންފުޅުވަނީ ހަމައެކަނި ރަށުގެ ތަރައްގީގެ ތަޅުދަނޑި ނޫން ކަމަށާއި، ރައްޔިތުންގެ ހިތުގެ ތަޅުދަނޑި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިފާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ކޮލަމާފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ކަންތައްތައް ބަދަލު ކުރުމުގެ ޚިޔާލު އުފެދެން ވާނީ ރައްޔިތުންގެ ތެރެއިންނެވެ. ޚިޔާލާތު ބަދަލު ކުރާނީވެސް އަޅުގަނޑުމެން އަމިއްލައަށް ކަމަށާއި، އެއީ ބޭރުން އަންނަ ބަޔަކު ކުރަން ޖެހޭ ކލަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ މިހައިތަނަށް ސަލާމަތުން ދެމިގެން އައީ ކާބަފައިންގެ ގުރުބާނީގެ ސަބަބުން ކަމަށާއި، އެއީ ހަނދާން ނައްތާލައިގެން ވާނޭ ކަމެއް ނޫން ކަމަށް ފާހަގަ ކުރައްވައި، ރައްޔިތުންގެ ތެރެއަށް ނުރަނގަޅު ޚިޔާލުތައް ފަތުރަން ބަޔަކު ކުރަމުންދާ މަސައްކަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވިލިނގިލީ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނޭ ކަމުގެ އުއްމީދު އެބައޮތެވެ. ރައްޔިުތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ހިތްޕުޅުގައި އިޚްލާސްތެރިކަމެއް ނެތުމުގެ ސަބަބުން ޕާޓީއާއި ސަރުކާރު ދޫކުރައްވައި ވަޑައިގެންނެވި ކަމަށާއި، އެއީ ބަޣާވާތެއް ކަމަށް ދެކެވަޑައިގަންނަވާ ފަދަ ގޮތަކަށް ރައީސް ވަނީ ކޮލަމާފުށީގައި ވާހަކަފުޅު ދައްކަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.