
ޤައުމީ ދުވަހާ ގުޅުވައިގެން މާދަމާ ޚާއްޞަ ދަރެސް ބެވުމަށް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ނިންމަވައިފިއެވެ. މިދަރުސް ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ "ބޮޑުތަކުރުފާނު ވާހަކަ- ފޯކުލޯރާއި ދިރާސީ ހަޤީޤަތް" ހާމަކޮށްދެއްވުމަށެވެ.
މި ދަރެސް ކުރިއަސް ގެންސެވުމަށް ހަމަޖައްސަވައިފައި ވަނީ ހެރިޓޭޖް މިނިސްޓްރީގެ ޔޫޓިއުބް ޗެނަލުންނެވެ. މި ދަރެސް ފެށުމަށް ހަމަޖައްސަވައިފައި ވަނީ މާދަމާ ހަވީރު 4:30 ގައެވެ. މިދަރެސްގައި މަޢުލޫމާތު ދެއްވާނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާރޗް އެނަލިސްޓުން ކަމުގައިވާ އަޙްމަދު އަލާއާއި މުޙައްމަދު ނާޖިހު އެވެ.
މާދަމައަކީ ރާއްޖޭގެ ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ނިސްބަތްވަނީ ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރި ޙާދިސާއަށެވެ.