
އައްޑޫ ސިޓީގައި ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި އޮޕަރޭޝަންގައި އަތުލައި ގަތް މަސްތުވާ ތަކެތީގެ ޢަދަދެއްވެސް އަދި ހައްޔަރުކުރި މީހުންގެ ޢަދަދެއްވެސް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ. ފުލުހުން ވިދާޅުވީ އައްޑޫގައި ކުރިއަށްދާ އޮޕަރޝަން ނިމުމުން އިތުރު މަޢުލޫމާތު ދެއްވާނެކަމަށެވެ. ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްދާކަން ޕޮލިސްކޮމިޝަރނަ މުޙައްމަދު ޙަމީދުވެސް ވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވައިއެވެ.
ގިނަ ޢަދަދެއްގެ މަސްތުވާތަކެތީ އަތުލައިގަތުމަށް އައްޑޫ ސިޓީގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް މިގެންދަނީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިހާއި އަދި ދެކުނުގެ ޕޮލިސް ޑިވިޝަން ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.