ކޯވިޑް ޖެހޭ ދަރިވަރުންނާއި ކަރަންޓީނުކުރަންޖެހޭ ދަރިވަރުންނަށް ވަކި އިމްތިހާނު މަރުކަޒުތަކެއް

އޮކްޓޯބަރު/ނޮވެންބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އިމްތިހާނުގައި ކޯވިޑަށް ޕޮޒިޓިވް ވާ ކުދިންނަށް ވަކި މަރުކަޒެއް އަދި ކަރަންޓީނުކުރަންޖެހޭ ދަރިވަރުންނަށް ވަކި އިމްތިހާނު މަރުކަޒެއް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދް އިހްސާން ވިދާޅުވި ގޮތުގައި މާލޭގެ ހަތަރު މަރުކަޒެއްގައި އަދި އަތޮޅުތެރޭގެ 33 މަރުކަޒެއްގައި އިމްތިހާނު ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރަށް މާލޭގައި ދެ މަރުކަޒެއް ގާއިމުކުށްފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އެއީ ކޯވިޑް ޖެހޭ ކުދީންނަށް ޚާއްސަ އިމްތިހާނު މަރުކަޒަކާއި އަދި ކޯވިޑް ޖެހިފައިވާ މީހަކާއި އެއްތާވުމުގެ ސަބަބުން ކަރަންޓީނު ކުރަންޖެހޭ ދަރިވަރުންނަށް ޚާއްސަ މަރުކަޒެކެވެ. މާލެއެކޭ އެއްގޮތަަށް އަތޮޅުތެރޭގައިވެސް ބަލިޖެހޭ ކުދީންނާއި އަދި ކަރަންޓީނުކުރަންޖެހޭ ކުދީންނަށް ވަކި ހޯލުތަކެއް ކަނޑައަޅާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

ކޯވިޑްޖެހޭ ކުދީން ނުވަތަ ކަރަންޓީނުކުރަންޖެހޭ ކުދީންެގެ އިމްތިހާނުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ތަމްރީނު މިހާރު އޮފިޝަލުންނާ އިންވިޖިލޭޓަރުންނަށް ދީފައިވާ ކަަމަށްވެސް އިހްސާން ވިދާޅުވިއެވެ.

އިމްތިހާނަށް ވަގުތު ކުޑަތަންވެފައިވާއިރު ކަރަންޓީނުކުރަންޖެހޭ ފަދަ ހާލަތަކަށް ނުދިއުމަށްޓަކައި މިހާރުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ. އެގޮތުން ފޭސް-ޓު-ފޭސް ކޮށް އެހެން ކުދީންނާ އެކު ފިލާވަޅު ފަރިތަކުރުމުގެ ބަދަުގައި އޮންލައިން މަންސަތަައް ޚިޔާރުކުރުމަށް ޑރ. ނަޒްލާ ލަފާދެއްވިއެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ބެލެނވިރީންނަށް އިލްތިމާސްކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.