
މިއަދުގެ ހައެއް ޖެހުމާހަމައަށް ސައުވީސް ގަޑީއިރުތެރޭގައި ކޯވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިއަދު ހުރީ 74 ގައެވެ. މިއަދުގެ ޢަދަދުތަކުން ބިދޭސީންނާއި ދިވެހިން ބައްޔަށް ޕޮޒިޓިވް ޢަދަދު އުޅެނީ 37 ގައެވެ.
ބައްޔަށް އަލަށް ޕޮޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 9568 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު 8077 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1452 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 106 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 642 މީހުންނެވެ. މިއަދާ ހަމައަށް ރާއްޖެއިން ބައްޔަށް ޓެސްޓް ކުރެވުނު ޢަދަދު ވަނީ 137200 އަށް އަރާފައެވެ.
އަލަށް ޕޮޒިޓިވް ޢަދަދުތަކުން ހަތަރު މީހުން ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދު މިހާރު ވަނީ 48 އަށް ދަށްވެފައެވެ. އެއީ 34 ދިވެހިންނާއި 14 ބިދޭސީންނެވެ.