ކޮވިޑަށް ޕޮޒިޓިވްވި ޢަދަދު މިއަދު 137 ގައި

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިއަދު އުޅެނީ 137 ގައެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ގެ ކޭސްތަކުގެ ތެރެއިން ދިވެހިންގެ ޢަދަދު އުޅެނީ 96 ގައެވެ. މީގެ އިތުރުން ޕޮޒިޓިވް ވެފައި ވަނީ ބަޤްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީލަންކާގެ ދެމީހުންނާއި ނޭޕާލްގެ ދެ މީހުންނާއި ފިލިޕީންސް މީހަކާއި ރަޝިޔާ މީހަކާއި ގާނާ މީހެކެވެ.

މިއަދު ގެ ޢަދަދު ތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 7804 އަކަށް އަރާފައެވެ. މިހާރު ބަލިޖެހިފައި ތިބީ 2615 މީހުންނެވެ. ހޮސްޕިޓަލުގައި 172 މީހުންނަށް ފަރުވާ ދޭއިރު އައިސޮލޭޝަންގައި  ތިބީ 1451 މީހުންނެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައިވާ މީހުންގެ ޢަދަދަކީ 5155 އެވެ.

މިއަދު ޕޮޒިޓިވް ޢަދަދުގެ ތެރެއިން އަށް މީހުން ފިޔަވައި އެންމެންނަކީ މާލެސަރަޙައްދުން ބައްޔަށް ޕޮޒިޓިވް ވީ މީހުންނެވެ. ރަށް ރަށާއު ރިސޯރޓްތަކުން މިއަދު ޕޮޒިޓިވް ޢަދަދު އުޅެނީ 8 ގައެވެ. މީހާރު 31 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް 53 މީހުން އެބަ ތިއްބެވެ. އެއީ ހަ ބިދޭސީންނާއި 47 ދިވެހިންނެވެ. އަދި 15 ރިސޯރޓެއްގައި 14 ޓޫރިސްޓުންނާއި 18 މުވައްޒަފަކުވެސް ތިބީ ބަލިޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.